ކުރިން ނުކުރެވި ދޫކޮށްފައިވާ ނަމާދުތަކުގެ ޙުކުމަކީ ކޮބައިތޯ؟
އެމްވީ އިސްލާމް ކިޔުއޭ
الحمد لله والصلاة والسلام على رسول الله وبعد:
ނަމާދަކީ އިސްލާމުދީނުގައި ވަރަށް މަތިވެރި މަގާމެއް ދެވިފައިވާ އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. އަމަލުތަކުގެ ތެރެއިން މާތްﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލެވެ. އަދިގިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނެ ކަމަކީވެސް އެއީއެވެ.
އެހެންކަމުން ނަމާދުތަކަށް ފަރުވާކުޑަކޮށް ނަމާދުތައް އެޅުމަކީ ވަރަށް ބޮޑުފާފައެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً (59) إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ شَيْئاً (60)(سورة مريم)
(59)ފަހެ، އެބޭކަލުންނަށްފަހ،(އެބަހީ އިސްވެދިޔަ އާޔަތްތަކުގައި ބަޔާން ވެގެންދިޔަ ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބާވި ސާލިހު ބޭކަލުންނަށް ފަހު)، އެހެންބަޔަކު އައެވެ. އެއުރެން ނަމާދު ދޫކޮށްލިއެވެ. އަދި هوى نفسގެ އެދުންތަކަށް تبعވިއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!
(60)توبةވެ، އަދި، إيمانވެ، އަދި صالح عملކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ވަގުތުން ފާއިތުވެއްޖެނަމަ، ހަނދާންވުމުން ނުވަތަ ހޭލެވުމުން އޭނާ ނަމާދު ކުރާނީއެވެ. މިމައްސަލައިގައި ޢިލްމުވެރިން އިއްތިފާގުވެފައި ވެއެވެ.
ނަމަވެސް ގަސްދުގައި ނަމާދުގެ ވަގުތު ފާއިތުވަންދެން އެއްވެސް ޝަރުޢީ އުޒުރެއް ނެތި (މިސާލު: ހަނދާން ނެތުން، ނިދުން) ލަސްކޮށްފިމީހާއަކަށް ގަޟާކުރުމެއް ނެތެވެ. މިއީ މިކަމުގައި ގިނަ ދަންނަ ބޭކަލުން ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެހެނީ މިފަދަ މީހުން ގަޟާކުރަން ޖެހޭނެ ކަމަށް ނުވަތަ ކުރާ ގަޟާނަމާދުތައް ޞައްޙަވާނެކަން އެނގެން އެއްވެސް ޝަރުއީ ދަލީލެއްނެތުމުންނެވެ.
މިއީ މިގޮތަށް ނަމާދު އަޅާ މީހުންނަށް އޮތް ލުއި ފަސޭހަކަމެއްނޫނެވެ. ނަމަވެސް މިކަމުގެ ނުބައިކަމާ އަދި ބޮޑުކަން ބަޔާންކޮށްދޭކަމެކެވެ.
ވީމާ ސަލާމަތްކަން އޮތީ ފުރިހަމަ ތައުބާ އަކުން މާތްﷲ ކިބައަށް ތައުބާވެ ކުރިއަށް އޮތްތާގައި ފަރުޟުނަމާދުތައް ފުރިހަމައަށް އަދާކޮށް އަދިވެސް އެނޫން ހެޔޮ އަމަލުތައްވެސް އިތުރުކުމެވެ. މާތްﷲ އީ އެންމެ އޯގާވަންތަ ރަޙީމްވަންތަ އަދި ތައުބާވާމީހުންދެކެ ލޯބިވޮޑިގަންނަވާ އިހާހެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ (135) أُوْلَئِكَ جَزَاؤُهُمْ مَغْفِرَةٌ مِنْ رَبِّهِمْ وَجَنَّاتٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ (136)(سورة آل عمران)
(135) އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفسތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاءކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.
(136) އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حالގައެވެ. ހެޔޮ عملކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!
والله تعالى أعلم.

ކައިވެނީގެ ވަލީމާއަށް ދަޢުވަތުދޭއިރު ރަށުގައިނަމަ، ރަށުގެ ކުދިބޮޑު ހުރިހާ ގޭގޭތަކުގެ މީހުންނަށް ދަޢުވަތު ދޭންޖެހޭނެތޯއެވެ. ނޫނީ ވަކިބަޔަކަށް (ގާތްތިމާގެ މީހުންނަށް ކައިރި ގޭތަކުގެ މީހުންނަށް) ދަޢުވަތު ދިނީމައި ފުދޭނެތޯ. ދެން ކައިވެނީގެ ވަލީމާއަށް އަންނަ މީހުންނަށް ފެނުމަށްޓަކައި ފިރިމީހާއާއި އެކު އަނބިމީހާ ހުންނަށް ޖެހޭތޯއެވެ. ނޫނީ ފިރިހެންމީހާ އެކަނި ހުރުން ކިހިނެއްތޯ. މިކަންތައްތަށް ދީނުގައި އޮންނަނީ ކިހިނެއްތޯ.
އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއް ނެތް ގޮތުގައި ވަލީމާ ބޭއްވުމަކީ މަޝްރޫޢު (ދީނުގައި އޮތް) ކަމެކެވެ. އާއިލާއާއި ރަހުމަތްތެރިންނާއި އަވަށްޓެރިންނަށް ބައިވެރިވެވުމުން ވަލީމާ އަދާ ވީއެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ވަލީމާ ނުވަތަ ކައިވެނި ސައި ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް މީހުން މަދު ރަށެއްގައި ރަށުގެ ރައްޔިތުންނަށް ސައިދިނުމަކީ ރަށުގެ އާދައެއްކަމުގައި ވެފައި، ވަލީމާ ދޭ ފަރާތުގެ ތަނަވަސްކަން ހުރި ނަމަ، އެކަމަކީ ދަތި އުނދަގޫ ކަމެއް ކަމުގައި ނުވާނަމަ ރައްޔިތުން އެއްމެނަށް ވަލީމާ ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ވަލީމާގައި ފަގީރުންނާއި މިސްކީނުން ނަށް ދައުވަތުދޭން ޖެހޭނެއެވެ..
والله أعلم
މުޝްރިފުގެ ނޯޓު: ވަލީމާޔަށް އަންނަ މީހުނަށް ފެނުމަށްޓަކައި އަންބިމީހާ ފިރިމީހާ ކައިރީ ހުންނާކަށް ނުޖެހެއެވެ. އަދި ކައިވެނި ޙަފްލާ ބާއްވާއިރު އަންހެނުންނާއި ފިރިހެނުން ގުލްމުލް (މިކްސް) ނުވާގޮތަށް ރޭވުން ހުއްޓެވެ.
ގުޅުންހުރި ޖަވާބު 39
އެމް ވީ އިސްލާމް ކިޔުއޭ

ޒިނޭ ކުރެވިފައިވާ މީހަކަށް ތައުބާ ވެވޭނީ ހައްދު ޖެހީމަތޯ؟ ހައްދު ނުޖައިފިނަމަ އެމީހާ ކުރާ އަޅުކަންތައްތަކަށް ސަވާބު ލިބޭނެތޯ؟
އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޒިނޭ އަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އަޅުކަންތައް ގަބޫލު ވެވޭނެއެވެ. މިސާލަކަށް ޒިނޭކޮށްފައި ހުރި މީހަކު ނުވަތަ އެފަދަ އަމަލެއް ކުރާ މީހަކު ނަމާދު ޤާއިމު ކުރާނަމަ އެކަން އޭނާގެ ކިބައިން އަދާވާނެއެވެ.
ހަމަ އެފަދައިން އެފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް ނުލިބޭނެއެވެ. އެފަދަ ފާފައެއް ކުރެއްވިއްޖެ ނަމަ މޮޅު އިތުރު ގޮތަކީ އެއްވެސް މީހަކަށް ނާންގައި އެކަން ސިއްރުކޮށް، އެކަމުން ތައުބާ ވުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ މާތް ﷲ އެފާފަ ފުއްސަވައި ދެއްވައި ތައުބާ ގަބޫލު ކުރައްވާނެއެވެ.
والله أعلم
ގުޅުންހުރި ޖަވާބު 240 ، 194 ، 47 ، 30

ޖެހިފައިވާ ފަންޑިތަ ވެރިކަމަކުން ސާލާމަތްވާނީ ކިހިނެއް؟
އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސިހުރެއް ނުވަތަ ފަންޑިތަވެރިކަމެއް ޖެހިފައިވާކަން ޔަގީން ނަމަ އެކަމުން ސަލާމަތްވުމަށްޓަކައި އޮތް ޞައްހަ މަގަކީ ޤުރްއާނާއި ސުންނަތުން ސާބިތު ޝަރުޢީ ދުޢާތަކުން ދުޢާކުރުމާއި މެތުރުމެވެ.
ހުރިހާ ކަމަކީވެސް މާތް ﷲގެ ޤުދުރަތްތެރި ކަމުގެ ތެރެއިން ވާ ކަމެކެވެ. ކަމެއް ކުރިމަތިވަނީވެސް އެކަލާނގެ އިޛުނަ ފުޅުންނެވެ. އަދި އެކަމުގެ ހައްލާއި ޝިފާވެސް ލިބެނީ އެކަލާނގެ ހަޟުރަތުންނެވެ. ވީމާ ކޮންމެ ކަމަކަށް އެދިގެންވެސް ހެޔޮ އަމަލު ގިނަކޮށް ދީނީ ވާޖިބުތަކަށް ރައްކާތެރިވުމާއި އެކުގައި މެދުކެނޑުމެއް ނެތި މާތް ﷲ އަށް ދުޢާ ދަންނަވައި އިސްތިޣްފާރު ކުރުން ގިނަ ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.
ހަމައެފަދައިން ޝަރުޢީ ދުޢާތަކާއި ވިރުދުތަކުން މެތުރުމެވެ. އެއްމެ ރަނގަޅު ގޮތަކީ އެފަދަ ދުއާތައް ދަސްކޮށް އަމިއްލައަށް އަމިއްލަ ނަފްސަށް ފަރުވާ ކުރުމެވެ. އިތުރުއެކަލޭގެފާނާއި އެކެލޭގެފާނުންގެ މާތް އަސްހާބުންގެ އަރިހުން ބަލިވުމާއި ފަންޑިތަ ސިހުރު ފަދަ ކަންކަމުގައި ކީރިތި ޤުރްއާނާއި ދުޢާ އިން މެތުރުން ސާބިތުވެއެވެ. أم المؤمنين عائشة رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. (( أن رسول الله صلى الله عليه وسلم كان إذا اشتكى يقرأ على نفسه بالمعوذات وينفث فلما اشتد وجعه كنت أقرأ عليه وأمسح بيده رجاء بركتها )) البخاري ( 4728 ) ومسلم (2192). މާނައަކީ: "އިތުރު އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިއްޖެ ނަމަ 'މުޢައްވިޛާތު' (ރައްކާތެރިކަމަށް އެދި ދަންނަވާ ސޫރަތްތައް) ވިދާޅުވެ އަތްޕުޅަށް ފުންމަވައި އެކަލޭގެފާނުންގެ އަމިއްލަފުޅަށް މަތުރުއްވައެވެ. އަދި އެކަލޭގެފާނުންގެ އާލާސްކަންފުޅު ގަދަވެ އަމިއްލަ ފުޅަށް އެކަން ނުކުރެވޭ ވަރު ވުމުން ތިމަން ކަމަނާ އެކަލޭގެފާނުންގެ އަތްޕުޅަށް ކިޔަވައި އެކަލޭގެފާނުންގެ އަތްޕުޅުގެ ބަރަކާތަށްޓަކައި އެކަލޭގެފާނުންގެ އަތްޕުޅުން އެކަލޭގެފާނުންގެ ހަށިކޮޅުގައި ފިރުއްމަވަމެވެ." މުޢައްވިޛާތު ސޫރަތް ތަކަކީ: ( قُلْ هُوَ اللَّهُ أَحَدٌ) އާއި ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި ( قُلْ أَعُوذُ بِرَبِّ النَّاسِ) އެވެ. އިތުރު އެކަލޭގެފާނު މި ސޫރަތްތަކުން މެތުރުއްވެވި ގޮތަކީ: "ދެއަތްތިލަ އެއް އަތްތިލަ އަނެއް އަތްތިލައާއި ޖައްސައި، 'އިޚްލާސް ފަލަގި ނާސި' ( قُلْ هُوَ اللَّهُ أَحَدٌ) އާއި ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި ( قُلْ أَعُوذُ بِرَبِّ النَّاسِ) ތިން ސޫރަތް ކިޔަވައި، ދެ އަތްތިލައަށް ފުމެލުމަށްފަހުގައި ބޮލާއި މޫނުން ފަށައިގެން މުޅި ހަށިގަނޑުގައި، އަތްފޯރާ ހުރިހައި ހިސާބެއް ދެއަތް ފިރުމާނީއެވެ. މިގޮތަށް ތިން ފަހަރު ހަދަން ވާނެއެވެ." البخاري. ފުމެލާ އިރު ކުޑަކޮށް ކުޅުގެ ތެއްކަން ހުންނަވަރަށް ނުވަތަ ހަމަ އެކަނި ވައި ދާގޮތަށް، ދެގޮތްވެސް ރަނގަޅެވެ.
ހަމަ އެފަދައިން އަސްހާބުންގެ ޖަމާއަތެއްގެ ބޭކަލުން ކުރެއްވެވި ދަތުރެއްގައި މީހެއްގެ ގަޔަށް ހަރުފައެއް ވިހަލައިގެން އެމީހުން އެބޭކަލުންގެ ގާތުން ފަރުވާއަކަށް އެދުމުން އެއިން ބޭކަލަކު އެމީހާގެ މައްޗަށް 'ފާތިހާ ސޫރަތް' ކިޔަވައި މެތުރުއްވުމުން އެމީހާ ރަނގަޅުވިއެވެ. އަދި އިތުރު އެކަލޭގެފާނުންގެ ގާތަށް ޚަބަރު އައުމުން މެތުރި ބޭފުޅާއަށް ހަދީޘްކުރެއްވިއެވެ. 'ފާތިހާ ސޫރަތަކީ' މެތުރުމެއް ކަން އެނގުނީ ކިހިނެއް ހެއްޔެވެ!؟ ތިޔަބައިމީހުން ތިޔަ ކުރީ ރަނގަޅަށެވެ. މިރިވާޔަތް ނެރުއްވީ البخاري އާއި مسلم އެވެ. 'އާޔަތުލް ކުރްސީ' ހަމަ އެފަދައެވެ. އަދިވެސް ބައެއް ދުއާތައް ސައްހަ މަގުން ވާރިދުވެފައި ވެއެވެ.
އަޤީދާ އާއި ދީންވެރިކަން ސަލާމަތުން ހުރި ޝަރުއީ ދުޢާތަކާއި މެތުރުން ދަންނަ ރަނގަޅު ބޭފުޅެއްގެ ގާތުން މެތުރުމަތީވެސް ހުއްދަ ކަމެކެވެ. އަންހެނެއް ނަމަ ކައިވެނި ހެޔޮ މީހެއްގެ ގާތުންނެވެ. ނަމަވެސް މީހެއްގެ ގާތުގައި މަތުރައިދިނުމަށް ނޭދި އަމިއްލައަށް ފުއްދައިލުމަކީ ތައުރީފު ލިބިގެންވާ ކަމެކެވެ.
ހަމައެފަދައިން ޠިއްބުއް ނަބަވީގައި ސާބިތުވާ ބައެއް ފަރުވާވެސް ވެއެވެ. އޭގެތެރޭގައި ޒަމްޒަމް ފެނަކީ ކޮންމެ ކަމަކަށް ފަރުވާއެކެވެ. مسلم (2473) ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ. (( إِنَّهَا مُبَارَكَةٌ...)) "ޒަމްޒަމް ފެނަކީ ބަރަކާތްތެރި އެއްޗެކެވެ. أبو داود الطيالسي ޞައްހަ ސަނަދުން ރިވާކުރައްވާފައި ވެއެވެ. (( إنها طعام طعم وشفاء سقم )) "ޒަމްޒަމް ފެނަކީ ބަނޑުހައިކަން ފިލުވައިދޭ ކާއެއްޗެކެވެ. އަދި ބަލިމަޑުކަމަށްޓަކައި ޝިފާއެކެވެ." ހަމަ އެފަދައިން މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރަކީ ވެސް ބަލިތަކާއި ސިހުރުފަދަ ކަންތައްތަކަށް ޝިފާއެކެވެ. އެގޮތުން ހެނދުނު ރޯގޮހޮރާއި މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރުގެ ހަތް ކަދުރު ކައިފި މީހަކަށް އެދުވަހުގައި ވިހައެއް އަދި ސިހުރެއް ނުޖެހޭނެ ކަމުގައި އިތުރު އެކަލޭގެފާނުންގެ އަރިހުން ސައްހަ މަގުން ސާބިތު ވެއެވެ.
ނުރައްކާތެރި ބަލިތަކުންނާއި ސިހުރުފަދަ ކަންކަމުން މާތް ﷲ އެއްމެހައި މުސްލިމުން ސަލާމަތް ކުރައްވައި، އެކަލާނގެ ޝަރުޢު ކުރެއްވި ގޮތުގައި އެފަދަ ކަންކަމަށް ޢިލާޖު ކުރުމުގެ ތައުފީގު ދެއްވައި އެއްމެހައި ބަލިތަކަށް ޝިފާ ދެއްވާށި! އާމީން.. والله أعلم
ޖަވާބު ދެއްވީ – އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް –
ގުޅުންހުރި ޖަވާބު 166 ، 285 ، 286

ސްކޫލުކުދިން ތުނބުޅި ބާލަން އެންގައިފި ނަމަ ކަންތައްކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟
އައްޝައިޚް މުޙައްމަދް ޢިޔާޟް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތުނބުޅި އަށް މާފު ކުރުމަށް އަންގަވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަރާތްޕުޅުން އެތައް ޙަދީޘްތަކެއް ވާރިދުވެފައި ވެއެވެ. ވީމާ ތުނބުޅިއަށް މާފްކޮށް މަތިމަސް ކުރުކުރުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅުން ސާބިތުވާ ކަމެކެވެ. މާތް ﷲ ގެ ޝަރީޢަތުގެ ސަމާޙަތްތެރިކަމުގެ ބޮޑުކަމުން ޟަރޫރީ ޙާލަތްތަކުގައި ޙަރާމް ކުރެއްވި ކަންތައްކޮށް ވާޖިބު ކަންތައް ދޫކޮށްލުމަށް ޙުއްދަދެއްވާފައިވެއެވެ. މިސާލަކަށް މަޖުބޫރު ވެއްޖެ ޙާލަތެއްގައި ފުރާނަ ސަލާމަތްކުރެވޭވަރަށް މުޅަތަކެތި ކެއުމަކީ ހުއްދަ ކަމެކެވެ. އަދި އަންހެން ޑޮކްޓަރަކު ނެތިއްޖެ ޙާލަތެއްގައި ފިރިހެން ޑޮކްޓަރަކު ހިލޭ އަންހެނަކަށް ބޭސް ކުރަންވެސް ޟަރޫރަތަކަށްޓަކައި ހުއްދަވެއެވެ. މިކަން މިހެން އޮތްނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ވަރަށް މުހިއްމު ނުކުތާއަކީ ޟަރޫރީ ހާލަތްތަކުގައި ޙަރާމް ކަމެއް ހުއްދަ ކުރެވިގެންވާނީ ކިރިޔާ އެކަމެއް ފުދޭވަރަށެވެ. އެއަށްވުރެ އިތުރަކަށްނޫނެވެ. މިސާލަކަށް ބަނޑު ފުރާ މުއްތިކުރުމަށްޓަކައި ޙަލާލު ކުރެއްވި އެއްވެސް އެއްޗެއް ނުލިބިއްޖެނަމަ މުޅަތަކެތިން ކެވޭނީ ކިރިޔާ ފުރާނަ ސަލާމަތްކުރެވޭ ވަރަށް އެކަންޏެވެ. ތަޢުލީމް އުނގެނުމަކީ ނުހަނު މުޙިއްމު ކަމަކަށް ވީ ހިނދު އެކަން ޙާޞިލް ކުރުމަށްޓަކައި މަޖުބޫރުވެގެން ތުނބުޅި ބޭލުމުން އެކުއްޖަކަށް ﷲގެ އިރާދަފުޅުން ފާފައެއް ނެތެވެ. އެކަމުގައި ކުށްވެރިވާނީ ތުނބުޅި ބާލަން އަމުރުކުރި ފަރާތެކެވެ. މިހެން ކަމުން ސްކޫލްތަކުގެ އިސްވެރިންނާއި ޤާނޫނު ތަކާއި ޤަވާޢިދުތައް ހަދާ ފަރާތްތައް، އިސްލާމީ ޝަރީޢަތުގައި ތުނބުޅީގެ ޙުކުމް ރަގަޅަށް ދެނެގަތުން ހުއްޓެވެ. والله أعلم
ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ
ދެމަފިރިން އެކުގައި ހިނައިފެންވަރާއިރު އެދެމީހުންގެ އައުރަ އެކަކުއަނެކަކަށް ނިވާ ކުރަންޖެހޭނީ ކިހާ މިންވަރަކަށް؟
އައްޝައިޚް އާދަމް ޝަމީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކޮންމެހެން ނިވާކުރަން ޖެހޭ މިންގަނޑެއް ނުވެއެވެ. އެދެމީހުންނަކީ އެކަކު އަނެކަކުގެ ލިބާހެވެ.
ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. {{هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ}} البقرة 187. "އެކަނބަލުން ނަކީ ތިޔަބައިމީހުނަށްޓަކައި ލިބާހެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށްޓަކައި ލިބާހެކެވެ." معاوية بن حيدة ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم އެކަލޭގެފާނަށް ހަދީޘް ކުރެއްވިއެވެ. ((احفظ عورتك إلا من زوجتك أو ما ملكت يمينك)) "ކަލޭގެފާނުންގެ އަނބިކަނބަލުންނާއި އަޅު އަންހެނާ އަށް ފިޔަވައި ތިބާގެ އައުރަ ރައްކާތެރި ކުރާށެވެ! " فقلت : يا رسول الله أفرأيت إن كان الرجل خاليا ؟ "ތިމަންނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. ތިމަންމެން ކުރެ މީހަކު އެކަނި މައި އެކަނި ތަނެއްގައި ވާނަމަ އައުރަ ނިވާކުރަން ޖެހޭނެތޯއެވެ؟ ހަދީޘްކުރެއްވިއެވެ. (( فالله أحق أن يستحيى منه )). "މާތް ﷲ އަށް ލަދުވެތިވުން މާ ހައްގުކަން ބޮޑުވެގެން ވެއެވެ." [الترمذي وأبو داود وابن ماجه]
ވީމާ ދެމަފިރިން އެކުގައި ފެންވަރާއިރު ވަކި މިންވަރެއް ނިވާކުރާކަށް ނުޖެހޭނެއެވެ.
والله أعلم
ޖަވާބު: (އެމްވީ އިސްލާމް ކިޔުއޭ)

އަޅުގަނޑުގެ އަނބިމީހާ ގާތު ވަރަށް ލޯބިން އޯގާތެރިކަމާއެކު ނިވާކޮށް ބުރުގާ އެޅުމަށް އެތައްފަހަރެއްގަ ތަކުރާރުކޮށް ބުނުމުން، އަޅާނަމޭ ކިޔާ ދޮގުހަދައި މިކަން ތަކުރާރު ވުމުގެ ސަބަބުން ވަރިކުރުން އެއީ ކޮންކަހަލަ ކަމެއްތޯއެވެ؟
އައްޝައިޚް އާދަމް ޝަމީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއް ނެތް ގޮތުގައި ނިވާކުރުމަކީ ލާޒިމު ކަމެކެވެ. އަދި ނިވާ ނުކޮށް އުޅުމަކީ ބޮޑުވެގެން ހުރި ވަޢީދު ހުރި ނުބައި ކަމެކެވެ.
އެކަން އިސްލާހު ކުރުމަށްޓަކައި ވިސްނައިދީ ނަސޭހަތްތެރިވުމަކީ ކޮންމެ މަސްއޫލު ވެރިއެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ވީމާ އަނބި މީހާ އަކީ ބުރުގާ ނާޅާ ހުރި މީހެއް ނަމަ އަދި ޝަރުއީ ފަރުދާއިން ފަރުދާ ނުކޮށް ހުރި މީހެއް ނަމަ އޭނާ އިސްލާހު ވޭތޯ މަސައްކަތް ކުރުމަކީ ފިރިމީހާގެ ވާޖިބެކެވެ. އަދި ހިކުމަތްތެރިކަމާއި އެކުގައި ޢިލްމުވެރިންގެ ނަސޭހަތްތައް ދައްކައި އިއްވައި ހެދުމުގައި ދެމި ހުރެވޭތޯ ބަލަން ވާނެއެވެ. ނަސޭހަތުން ފައިދާ ކުރާނެއެވެ. (ހަމަ އެއާއެކު ތެދުމަގު ދައްކަވާތޯ ދުޢާވެސް ކުރަން ވާނެއެވެ.) ނަމަވެސް ނަސޭހަތް ނާހައި ނުކިޔަމަން ތެރި ވުމުގައި ހައްދު ފަހަނަ އަޅައި ހިނގައްޖެނަމަ ވަރި ކުރުމުގެ ރަނގަޅު އުޛުރެއް ކަމުގައި އެކަން ބެލެވޭނެއެވެ.

ނަމާދު ކުރާއިރު ލާފޭރާމުގައި ދޫނިސޫފާ ސޫއްޕާއި، ވަލުޖަނަވާރު ފަދަ ތަކެތީގެ ސިފަ ކުރަހާފައިވާނަމަ އެކުރި ނަމާދެއް ސައްޙަވާނެތޯއެވެ؟ އަދި ނަމާދު ކުރާއިރު ލުން އެންމެ ރަނގަޅު ފޭރާމަކީކޮބައިތޯއެވެ؟
އެމްވީ އިސްލާމް ކިޔުއޭ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފުރަތަމަ ބައި
އިންސާނުން ލައި އުޅޭ ފޭރާންތަކުގެ ތެރެއިން ވަރަށް މަދު ބާވަތެއްގެ ފޭރާން ފިޔަވައި ދެން ހުރިހާ ބާވަތެއްގެ ފޭރާން މާތް ﷲވަނީ ހުއްދަކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. هُوَ الَّذِي خَلَقَ لَكُمْ مَا فِي الأَرْضِ جَمِيعاً (البقرة 29) "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ." އެކަލާނގެ މަނާ ކުރައްވާފައިވާ ފޭރާންތަކުގެ ތެރެއިން ދޫނިސޫފާ ސޫއްޕާއި ވަލުޖަނަވާރުފަދަ ތަކެތީގެ ސިފަ ކުރުހާފައި ހުރި ފޭރާންތައް ހިމެނެއެވެ.

މިގޮތުން ފޭރާމުގައި ދޫނިސޫފާއި ސޫއްޕާއި ވަލުޖަނަވާރުފަދަ ތަކެތީގެ ސިފަ ހުރުމަކީ ހުއްދަކަމެއް ނޫނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. إِنَّ الْمَلاَئِكَةَ لاَ تَدْخُلُ بَيْتًا فِيهِ صُورَةٌ .متفق عليه " ހަމަކަށަވަރުން ސޫރައެއް ހުރި ގެއަކަށް މަލާއިކަތްބޭކަލުން ވެދެވަޑައި ނުގަންނަވާނެއެވެ." އަދިވެސް މިކަން މަނާކުރައްވައި އެތައް ގިނަ ހަދީޘްފުޅުތަކެއް އައިސްފައިވެއެވެ. އެހެންކަމުން މިފަދަ ހެދުން މުސްލިމުން ލައި ހަދައިގެން ނުވާނެއެވެ.
ނަމާދަކީ އަޅާ މާތް ﷲ އާއި އެންމެ ކުށްތަންވެވޭ އެއް އަޅުކަމެވެ. އެހެން ކަމުން ނަމާދަށް އައިސް އެމަތިވެރި މަގާމުގައި އަޅާ ހުއްޓެންވާނީ އެއިލާހު ރުހިވޮޑިގަންނަވާފަދަގޮތަކަށެވެ. އޭނާގެ ސާފު ތާހިރު ކަމާއި މަޑުމޮޅިކަމާއި އަދި ލައިގެން ހުންނަ ފޭރާމުންވެސް މިކަން ދައްކުވައިދޭން ޖެހޭނެއެވެ. ވީމާ އިންސާނެއް ނުވަތަ ދޫނިސޫފާސޫފީގެ ސޫރައެއް ކުރަހާފައި ހުރި ފޭރާމެއް ލައިގެން ނަމާދުކޮށްގެން ނުވާނެއެވެ. އެއީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ޝަރުޢީ ޙުކުމް އެނގިހުރެ އެފަދައިން ނަމާދުކޮށްފިނަ ފާފަވެރިވާނެއެވެ. ނަމަވެސް އިންސާނެއް ނުވަތަ ދޫނިސޫފާސޫތްޕެއްގެ ސޫރައެއް ކުރަހާފައި ހުރި ފޭރާމެއް ލައިގެން ނަމާދު ކުރާމީހާގެ ނަމާދު ޞައްޙަވާނެއެވެ.(އެބަހީ ދެވަނަ ފަހަރަށް ނަމާދު އިއާދަކުރާކަށް ނުވަތަ ގަޟާ ކުރާކަށް ނުޖެހޭނެއެވެ.) ނަމަވެސް އެނަމާދުން ލިބެންވާ ފުރިހަމަ ދަރުމަޔާ ޘަވާބު ނުލިބޭނެއެވެ. ނޭގި މިފަދަ ކަމެއް ކުރިން ކުރެވިފައިވާމީހެއްނަމަ މާތް ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.
ދެވަނަ ބައި
ނަމާދުގައި ލާންވީ ފޭރާމާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ.
يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ (الأعراف 31)
" އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ތަނެއްގައި، ޒީނަތްތެރިކަން ހިފާށެވެ!"
ވީމާ، ނަމާދުގައި ވަކި ޚާއްސަ ބާވަތެއްގެ ފޭރާމެއް ލާކަށްނުޖެހެއެވެ. ނަމަވެސް އައުރަ ނިވާކޮށްދޭ، ހަށިގަނޑުގެ ވަނާތައް ނޭނގޭގޮތައް ހުންނަ އަދި އެމުޖުތަމައެއްގެ މީހުން މިސްކިތްތައް ފަދަ ހުރުމަތްތެރިވެގެންވާ ތަންތަނަށް ލައިގެން ދާވަރުގެ ޒީނަތްތެރި ފޭރާމެއްކަމަށް ދެކޭ ކޮންމެ ފޭރާމެއްވެސް ރަނގަޅުވާނެއެވެ. والله أعلم

ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުންނައިރު ހަށަން ބަންނަންޖެހޭތޯއެވެ؟
އެމްވީ އިސްލާމް ކިޔުއޭ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ރުކޫޢުން ތެދުވެ އިޢްތިދާލުގައި ހުންނައިރު ހަށަން ބަނުމާއި މެދު ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ. މިމައްސަލައާއި ބެހޭގޮތުން ޢިލްމުވެރިންގެ ވަނީ ތިންރައުޔެކެވެ.
1. ޖުމްހޫރު (ގިނަ) ޢިލްމުވެރިން ވިދާޅުވަނީ ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުންނައިރު ހަށަންބަނުމަކީ މަޝްރޫޢުވެގެންވާ ކަމެއް ނޫންކަމަށެވެ. އެބޭކަލުން ވިދާޅުވަނީ ރުކޫޢުން ތެދުވެ ހަށަން ބަނުމާއި ބެހޭގޮތުން ޚާއްޞަ ދަލީލެއްނުވާކަމަށެވެ.
2. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރުކޫޢުން ތެދުވެ ޢިއްތިދާލުގައި ހުންނައިރު ހަށަންބަނުމަކީ މުސްތަޙްބުވެގެންވާ ސުންނަތެއްކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ސަހްލު ބުން ސަޢުދުގެ ފަރާތުން ބުޚަރީ ރިވާކުރައްވަފައިވާ ޙަދީޘެކެވެ.( كان الناس يؤمرون أن يضع الرجل يده اليمنى على ذراعه اليسرى في الصلاة ). މާނައީ: "ނަމާދުގައި ވާތްމަތީ ކަނާތްބޭއްވުމަށް މީސްތަކުންނަށް އަމުރުކުރެވިގެންވެއެވެ." އެބޭކަލުން ވިދާޅުވަނީ މިޙަދީޘުން ވަރަށް ސާފުކޮށް ރުކޫޢުން ތެދުވެ ހަށަންބަނުން އޮންނަ ކަމެއްކަމުގައި ސާފުވެގެން ދާކަމަށެވެ. ރުކޫޢުގެ ކުރިން ކޮއްޅައް ޤާއިމްވެހުރުމާއި، އަދި ރުކޫޢުން ތެދުވެ ކޮއްޅައް ހުރުމަކީ ވެސް ޤިޔާމުގައި ހުރުމެވެ.
3. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނަމާދުކުރާމީހާއަށް ރުކޫޢުން ތެދުވެ އިޢްތިދާލުގައި ހުންނައިރު ހަށަންބަނުމުގެ އިޚްތިޔާރު އަދި ހަށަންނުބަނދެ ދޫކޮށްލުމުގެ އިޚްތިޔާރުވާކަމަށެވެ. އެއީ ސުންނަތުން މިކަމުގައި އެއްވެސް ޞަރީޙަ ދަލީލެއް ނުވާތީއެވެ. އިމާމް އަޙްމަދުގެ ރައުޔަކީވެސް މިއެވެ.
ނަމާދުކުރާމީހާ އިޢްތިދާލުގައި ހުންނައިރު ހަށަންބަނދެގެން ނުވަތަ ހަށަންނުބަނދެ ހުރެ ނަމާދުކުރިއަސް ނަމާދު ޞައްޙައްވާނެވެ. ހަށަން ބަންނަން ވިދާޅުވާ ބޭފުޅުންގެ ދަލީލަކީވެސް އާއްމުކޮށް ނަމާދުގައި ހަށަންބަނުމަށް އައިސްފައިވާ ދަލީލުތަކެވެ. ވަކި ޚާއްސަ ދަލީލެއްނޫނެވެ. ވީމާ މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވެ ޒުވާބުކޮށް ވާހަކަނުދައްކާ ތިބެން އެކަށީގެންވާ ކަހަލަ ކަންތައްތަކެއް ނޫނެވެ. އަދި ހަށަން ބަންނަށްމީހާ ބިދުޢަވެރިކޮށް އަދި ނުބަންނަށްމީހާ އަކީ ސުންނަތަށް ލޯބިނުކުރާ މީހެކޭ ބުނެ ވާހަކަދައްކާ ހަދަން ހެޔޮ ނުވާ ހުއްޓެވެ. والله أعلم

Subscribe to:
Posts (Atom)