ސްކޫލު ކުދިން ތުނބުޅި ބެހެއްޓުން

Monday, February 8, 2010
ސްކޫލުކުދިން ތުނބުޅި ބާލަން އެންގައިފި ނަމަ ކަންތައްކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟
އައްޝައިޚް މުޙައްމަދް ޢިޔާޟް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތުނބުޅި އަށް މާފު ކުރުމަށް އަންގަވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަރާތްޕުޅުން އެތައް ޙަދީޘްތަކެއް ވާރިދުވެފައި ވެއެވެ. ވީމާ ތުނބުޅިއަށް މާފްކޮށް މަތިމަސް ކުރުކުރުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅުން ސާބިތުވާ ކަމެކެވެ. މާތް ﷲ ގެ ޝަރީޢަތުގެ ސަމާޙަތްތެރިކަމުގެ ބޮޑުކަމުން ޟަރޫރީ ޙާލަތްތަކުގައި ޙަރާމް ކުރެއްވި ކަންތައްކޮށް ވާޖިބު ކަންތައް ދޫކޮށްލުމަށް ޙުއްދަދެއްވާފައިވެއެވެ. މިސާލަކަށް މަޖުބޫރު ވެއްޖެ ޙާލަތެއްގައި ފުރާނަ ސަލާމަތްކުރެވޭވަރަށް މުޅަތަކެތި ކެއުމަކީ ހުއްދަ ކަމެކެވެ. އަދި އަންހެން ޑޮކްޓަރަކު ނެތިއްޖެ ޙާލަތެއްގައި ފިރިހެން ޑޮކްޓަރަކު ހިލޭ އަންހެނަކަށް ބޭސް ކުރަންވެސް ޟަރޫރަތަކަށްޓަކައި ހުއްދަވެއެވެ. މިކަން މިހެން އޮތްނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ވަރަށް މުހިއްމު ނުކުތާއަކީ ޟަރޫރީ ހާލަތްތަކުގައި ޙަރާމް ކަމެއް ހުއްދަ ކުރެވިގެންވާނީ ކިރިޔާ އެކަމެއް ފުދޭވަރަށެވެ. އެއަށްވުރެ އިތުރަކަށްނޫނެވެ. މިސާލަކަށް ބަނޑު ފުރާ މުއްތިކުރުމަށްޓަކައި ޙަލާލު ކުރެއްވި އެއްވެސް އެއްޗެއް ނުލިބިއްޖެނަމަ މުޅަތަކެތިން ކެވޭނީ ކިރިޔާ ފުރާނަ ސަލާމަތްކުރެވޭ ވަރަށް އެކަންޏެވެ. ތަޢުލީމް އުނގެނުމަކީ ނުހަނު މުޙިއްމު ކަމަކަށް ވީ ހިނދު އެކަން ޙާޞިލް ކުރުމަށްޓަކައި މަޖުބޫރުވެގެން ތުނބުޅި ބޭލުމުން އެކުއްޖަކަށް ﷲގެ އިރާދަފުޅުން ފާފައެއް ނެތެވެ. އެކަމުގައި ކުށްވެރިވާނީ ތުނބުޅި ބާލަން އަމުރުކުރި ފަރާތެކެވެ. މިހެން ކަމުން ސްކޫލްތަކުގެ އިސްވެރިންނާއި ޤާނޫނު ތަކާއި ޤަވާޢިދުތައް ހަދާ ފަރާތްތައް، އިސްލާމީ ޝަރީޢަތުގައި ތުނބުޅީގެ ޙުކުމް ރަގަޅަށް ދެނެގަތުން ހުއްޓެވެ. والله أعلم

ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ

0 comments:

Post a Comment