އަނބިމީހާ އައުރަ ނިވާނުކުރުމުގެ ސަބަބުން ވަރިކުރުން

Saturday, February 6, 2010
އަޅުގަނޑުގެ އަނބިމީހާ ގާތު ވަރަށް ލޯބިން އޯގާތެރިކަމާއެކު ނިވާކޮށް ބުރުގާ އެޅުމަށް އެތައްފަހަރެއްގަ ތަކުރާރުކޮށް ބުނުމުން، އަޅާނަމޭ ކިޔާ ދޮގުހަދައި މިކަން ތަކުރާރު ވުމުގެ ސަބަބުން ވަރިކުރުން އެއީ ކޮންކަހަލަ ކަމެއްތޯއެވެ؟
އައްޝައިޚް އާދަމް ޝަމީމް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެއް ނެތް ގޮތުގައި ނިވާކުރުމަކީ ލާޒިމު ކަމެކެވެ. އަދި ނިވާ ނުކޮށް އުޅުމަކީ ބޮޑުވެގެން ހުރި ވަޢީދު ހުރި ނުބައި ކަމެކެވެ.
އެކަން އިސްލާހު ކުރުމަށްޓަކައި ވިސްނައިދީ ނަސޭހަތްތެރިވުމަކީ ކޮންމެ މަސްއޫލު ވެރިއެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ވީމާ އަނބި މީހާ އަކީ ބުރުގާ ނާޅާ ހުރި މީހެއް ނަމަ އަދި ޝަރުއީ ފަރުދާއިން ފަރުދާ ނުކޮށް ހުރި މީހެއް ނަމަ އޭނާ އިސްލާހު ވޭތޯ މަސައްކަތް ކުރުމަކީ ފިރިމީހާގެ ވާޖިބެކެވެ. އަދި ހިކުމަތްތެރިކަމާއި އެކުގައި ޢިލްމުވެރިންގެ ނަސޭހަތްތައް ދައްކައި އިއްވައި ހެދުމުގައި ދެމި ހުރެވޭތޯ ބަލަން ވާނެއެވެ. ނަސޭހަތުން ފައިދާ ކުރާނެއެވެ. (ހަމަ އެއާއެކު ތެދުމަގު ދައްކަވާތޯ ދުޢާވެސް ކުރަން ވާނެއެވެ.) ނަމަވެސް ނަސޭހަތް ނާހައި ނުކިޔަމަން ތެރި ވުމުގައި ހައްދު ފަހަނަ އަޅައި ހިނގައްޖެނަމަ ވަރި ކުރުމުގެ ރަނގަޅު އުޛުރެއް ކަމުގައި އެކަން ބެލެވޭނެއެވެ.

والله أعلم

0 comments:

Post a Comment