ކައިވެނި ޕާޓީއާއި ދަޢުވަތު

Tuesday, February 9, 2010
ކައިވެނީގެ ވަލީމާއަށް ދަޢުވަތުދޭއިރު ރަށުގައިނަމަ، ރަށުގެ ކުދިބޮޑު ހުރިހާ ގޭގޭތަކުގެ މީހުންނަށް ދަޢުވަތު ދޭންޖެހޭނެތޯއެވެ. ނޫނީ ވަކިބަޔަކަށް (ގާތްތިމާގެ މީހުންނަށް ކައިރި ގޭތަކުގެ މީހުންނަށް) ދަޢުވަތު ދިނީމައި ފުދޭނެތޯ. ދެން ކައިވެނީގެ ވަލީމާއަށް އަންނަ މީހުންނަށް ފެނުމަށްޓަކައި ފިރިމީހާއާއި އެކު އަނބިމީހާ ހުންނަށް ޖެހޭތޯއެވެ. ނޫނީ ފިރިހެންމީހާ އެކަނި ހުރުން ކިހިނެއްތޯ. މިކަންތައްތަށް ދީނުގައި އޮންނަނީ ކިހިނެއްތޯ.

އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް


الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެއް ނެތް ގޮތުގައި ވަލީމާ ބޭއްވުމަކީ މަޝްރޫޢު (ދީނުގައި އޮތް) ކަމެކެވެ. އާއިލާއާއި ރަހުމަތްތެރިންނާއި އަވަށްޓެރިންނަށް ބައިވެރިވެވުމުން ވަލީމާ އަދާ ވީއެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ވަލީމާ ނުވަތަ ކައިވެނި ސައި ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް މީހުން މަދު ރަށެއްގައި ރަށުގެ ރައްޔިތުންނަށް ސައިދިނުމަކީ ރަށުގެ އާދައެއްކަމުގައި ވެފައި، ވަލީމާ ދޭ ފަރާތުގެ ތަނަވަސްކަން ހުރި ނަމަ، އެކަމަކީ ދަތި އުނދަގޫ ކަމެއް ކަމުގައި ނުވާނަމަ ރައްޔިތުން އެއްމެނަށް ވަލީމާ ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ވަލީމާގައި ފަގީރުންނާއި މިސްކީނުން ނަށް ދައުވަތުދޭން ޖެހޭނެއެވެ..
والله أعلم


މުޝްރިފުގެ ނޯޓު: ވަލީމާޔަށް އަންނަ މީހުނަށް ފެނުމަށްޓަކައި އަންބިމީހާ ފިރިމީހާ ކައިރީ ހުންނާކަށް ނުޖެހެއެވެ. އަދި ކައިވެނި ޙަފްލާ ބާއްވާއިރު އަންހެނުންނާއި ފިރިހެނުން ގުލްމުލް (މިކްސް) ނުވާގޮތަށް ރޭވުން ހުއްޓެވެ.

ގުޅުންހުރި ޖަވާބު 39

އެމް ވީ އިސްލާމް ކިޔުއޭ

0 comments:

Post a Comment