ދެމަފިރިން އެކުގައި ފެންވެރުމުގައި އައުރަ

Saturday, February 6, 2010
ދެމަފިރިން އެކުގައި ހިނައިފެންވަރާއިރު އެދެމީހުންގެ އައުރަ އެކަކުއަނެކަކަށް ނިވާ ކުރަންޖެހޭނީ ކިހާ މިންވަރަކަށް؟

އައްޝައިޚް އާދަމް ޝަމީމް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކޮންމެހެން ނިވާކުރަން ޖެހޭ މިންގަނޑެއް ނުވެއެވެ. އެދެމީހުންނަކީ އެކަކު އަނެކަކުގެ ލިބާހެވެ.
ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. {{هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ}} البقرة 187. "އެކަނބަލުން ނަކީ ތިޔަބައިމީހުނަށްޓަކައި ލިބާހެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށްޓަކައި ލިބާހެކެވެ." معاوية بن حيدة ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم އެކަލޭގެފާނަށް ހަދީޘް ކުރެއްވިއެވެ. ((احفظ عورتك إلا من زوجتك أو ما ملكت يمينك)) "ކަލޭގެފާނުންގެ އަނބިކަނބަލުންނާއި އަޅު އަންހެނާ އަށް ފިޔަވައި ތިބާގެ އައުރަ ރައްކާތެރި ކުރާށެވެ! " فقلت : يا رسول الله أفرأيت إن كان الرجل خاليا ؟ "ތިމަންނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. ތިމަންމެން ކުރެ މީހަކު އެކަނި މައި އެކަނި ތަނެއްގައި ވާނަމަ އައުރަ ނިވާކުރަން ޖެހޭނެތޯއެވެ؟ ހަދީޘްކުރެއްވިއެވެ. (( فالله أحق أن يستحيى منه )). "މާތް ﷲ އަށް ލަދުވެތިވުން މާ ހައްގުކަން ބޮޑުވެގެން ވެއެވެ." [الترمذي وأبو داود وابن ماجه]
ވީމާ ދެމަފިރިން އެކުގައި ފެންވަރާއިރު ވަކި މިންވަރެއް ނިވާކުރާކަށް ނުޖެހޭނެއެވެ.


والله أعلم

ޖަވާބު: (އެމްވީ އިސްލާމް ކިޔުއޭ)

1 comments:

Anonymous said...

އަސްލު ހިނައިގަންނަންވާނީ ދެމީހުން މޫނުބުރުގާ އަޅައިގެންނެވެ. އެހެން ނޫނީ ކުރާ އަސަރަކުން އަނެއްފަހަރު ޖުނުބު ވެރިވެދާނެއެވެ

Post a Comment